"ކުއްތާ" އަށް ގޮވުނީ ކާކުކަން ނޭނގި! ނިހާޔަތަށް މާފަށް އެދެން!- ނަޖީބު

ކިޔުމަށް ހޭދަވާނީ 1މ 34ސ
"ކުއްތާ" އަށް ގޮވުނީ ކާކުކަން ނޭނގި! ނިހާޔަތަށް މާފަށް އެދެން!- ނަޖީބު
"ރީނދޫ ކިޓް" ގައި ފުވައްމުލަކުން އިބްރާހިމް މުޙައްމަދު ސޯލިޙާއި ފައިސަލް ނަސީމް އާއި ބައްދަލު ކުރި، އުމުރުން ދުވަސްވީ މީހާއާއި ދިމާލަށް "ކުއްތާ" އަށް ގޮވުނީ އެއީ ކާކުކަން ނޭނގި ކަމަށާއި އެކަން ކުރެވުނީތީ މާފަށް އެދޭ ކަމަށް "ކުއްތާ" އަށް ގޮވި ނަޖީބު ބުނި މެސެޖެއް އާންމު ވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓާ ބައްދަލުކުރަން "ރީނދޫ ކިޓް" ގައި ދިޔައީ ފުވައްމުލަކު ހުވަނދަގެ މާލެގަން، ޢަބްދުﷲ އެވެ. އޭނާ އެފަދައިން ހެދުން އަޅާފައި ހުރުމުން އެރަށުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ހިންގާ “RY2018 FVM” ވައިބާ ގްރޫޕްގައު ވަނީ އޭނާއަށް ފާޑު ކިޔާފައެވެ. އެގްރޫޕްގައި ހިމެނޭ "ޝަނީޒް" ކިޔާ މީހަކު އެމްޑީޕީން ހުރީ އަބްދުﷲ ގެ ބޯކާލާފައި ކަމަށް ބުނިއިރު، "ނަޖީބު" ކިޔާ މީހަކު ބުނެފައިވަނީ "މިމުސްކުޅި ކުއްތާ ޔާމީން ދެއްވާ 5000 ރުފިޔާ ކާލާއިރު ހިތައް އެއްޗެއް ނާރާތޯ" އެވެ.



އެމީހުން އެފަދައިން ވައިބާ ގްރޫޕްގައި ބޭއަދަބީކޮށް ވާހަކަ ދައްކާފައިވާއިރު އެގްރޫޕްގައި ޢަބްދުﷲ ގެ ދަރީންވެސް ތިއްބެވެ. ގްރޫޕްގައި ދެކެވުނު ވާހަކައިގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި ހާމަ ކޮށްފައިވަނީ އޭގެން އެއް ދަރިއެވެ.

ޙަސަން އަބްދުﷲ ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ރައީސް ޔާމީން އަށް ވޯޓު ހޯދުމަށް އެގެއަށް ނައުމަށާއި އެގޭގެ ދޮރު ޕީޕީއެމް އަށް ބަންދު ވެފައިވާ ކަމަށެވެ. ސްކްރީންޝޮޓް ފޭސްބުކްގައި ހާމަކުރީ ބައްޕައާއި ދިމާލަށް ކުއްތާ އަށް ގޮވުމުން ކުރި އަސަރަކުން ކަމަށް ވެސް ހަސަން ބުންޏެވެ.



ވީކަންތައްތަކަށް މާފަށް އެދެމުން "ނަޖީބު" ވައިބާގައި ވަނީ މާފަށް އެދިފައެވެ. އޭނާ ބުނެފައިވަނީ "މިބޭބެއާއި ދިމާލަށް ކަމަށް ތިބުނާ ވާހަކަ އަހަރެންނަށް ބުނެވުނީތީ ނިހާޔަތަށް މާފަށް އެދެން. ކާކުކަން ނޭނގި ބުނެވުނީ. އެއީ އަހަރެންގެ އާއިލީ ބޭފުޅެއް" މިހެންނެވެ.
މިއަދު އޮންލައިން