އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްތަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
މިމަޤާމަށް ރައީސް ޔާމީން އައްޔަނު ކުރައްވާފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ ޤާނޫނީ ވަކީލު ޢަބްދުﷲ ޝިޔާޒް އެވެ.
ޝިޔާޒް މިހާތަނަށް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ އެގްޒެކެޓިން ކޯޑިނޭޓަރުގެ މަގާމުގައެވެ. އޭނާއާއިއެކު އިކޮނޮމިކް މިނިސްޓްރީގައި މިހާރު ނުވަ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. އަދި އެމިނިސްތްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ވެސް ދެ ބޭފުޅަކު ތިއްބަވައެވެ.