ފުލުހުންގެ ވަޒީފާއަށް އަލަށް ގުޅުން ފުލުހުން ހުވާ ކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
ފުލުހުންގެ ވަޒީފާއަށް އަލަށް ގުޅުން ފުލުހުން ހުވާ ކޮށްފި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާ ކޮށްފިއެވެ.

މިކަމާއި ގުޅިގެން އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާ ލައިދެއްވީ ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ ފުލުހުންގެ ހުވައަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާ ކޮށްގެން ހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ ޢުޤޫބާތް އެމީކަހަށް ލިބިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމަށް ފަސްނުޖެހި ސާބިތުކަމާއެކުގައި ޚިދުމަތް ކުރުމަށް ވެސް ފަނޑިޔާރު ނިޔާޒް ގޮވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުވާ ކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 43 ފުލުހުންނެވެ. އެއީ 31 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 12 ފުލުހެކެވެ. މިރަސްމިއްޔާތުގައި ހުވާކުރުމަށްފަހު، ފުލުހުން ހުވާގެ ލިޔުމުގައި ސޮއި ކޮށްފައިވެއެވެ.

މިއަދު އޮންލައިން