ރޯދައަށް ސައުދީން ދޭ ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލު ކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
ރޯދައަށް ސައުދީން ދޭ ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލު ކޮށްފި
ރަމަޟާން މަސް ފާއިތުވެގެން ގޮސްފައިވީ ނަމަވެސް، މިއަހަރުގެ ރޯދައަށް ސައުދީ އަރަބިއާ އިން ރާއްޖެއަށް ދިން ކަދުރު އިސްލާމިކް މިނިސްޓްރީއާއި މިއަދު ހަވާލު ކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީން ރާއްޖެއަށް ދިން 50 ޓަނުގެ ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާގިރު އެވެ.

ކޮންމެ އަހަރަކު ސައުދީން ރާއްޖެއަށް ހަދިޔާކުރާ ކަދުރު، މިފަހަރު ނުލިބި ލަސްވުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިއަދު އޮންލައިން