ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައަޅައި މިއަދު ފާސްކުރި ފްރޭމްވޯކަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަރުހަބާކިޔާ އީޔޫއިން އެދޭފަދަ އިޚުލާސްތެރި މަޝްވަރާތަކެއް ކުރުމަށް ސަރުކާރާއެކު އެއްމޭޒަކަށް މަޝްވަރާގެ ބައްދަލުވުމަށް ދިޔުމަށް ތައްޔާރު ކަމަށް ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީޔޫގެ ނިންމުމަސް މަރުހަބާ ކިޔާ ކަމަށާއި ސަރުކާރާއެކު މަޝްވަރާއަށް ތައްޔާރަށް ތިބި ކަމަށެވެ.
މަޝްވަރާތައް އަމާޒުކުރަންވާނީ އީޔޫއިން ސަރުކާރަސް ކުރަން ކަނޑައަޅާފައިވާ ކަންކަމާ ގުޅޭގޮތުންނާއި މިނިވަން އަދި އިންސާފުވެރި އިންތިހާނެއް ބޭއްވުމާއި ގުޅޭގޮތުން ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނުގަައިވެއެވެ.
މީގެއިތުުރުން، ސަރުކާރާއެކު މަޝްވަރާ ކުރާނީ އެޖެންޑާއެއް އޮވެގެން އަދި މަޝްވަރާގައި އެއްބަސްވާ ކަންކަން ހާސިލް ކުރާނެ ޓައިމްލައިނެއް ވެސް އޮވެގެން ބޭރުގެ މިނިވަން ފަރާތެއް މެދުވެރިއެއްގެ ގޮތުގައި ބައިވެރި ވެސް ކޮށްގެން ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ.