ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި އިތުރު ކުރުމަށް ފައިސަލް ގޮވާލައްވައިފި

ކިޔުމަށް ހޭދަވާނީ 58ސ
ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި އިތުރު ކުރުމަށް ފައިސަލް ގޮވާލައްވައިފި
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުގައި އެންމެ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށް، ވީހާވެސް ގިނަ ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ފަސޭހަ ކަމާއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތައް މަދުވުމަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ބަޔަކު ވޯޓުލުމުން މަހުރޫމް ވެދާނެ ކަމެއް ކަމަށް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ފައިސަލްގެ އިތުރުން ވަރަށް ގިނަ ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ، ރިސޯޓުތަކުގައި ވޯޓުފޮށިތައް މަދުން ބަހައްޓަން ނިންމުމާމެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މިއަދު އޮންލައިން