އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ މަގާމް އަބްދުއް ރަޝީދުއަށް ދެއްވައިފިއެވެ.
އަބްދުއް ރަޝީދު މިމަގާމަށް ހަވާލުވުމުގެ ކުރިން އޭނާވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތިންވަނަ ސެކެޓްރީގެ މަގާމް އަދާކޮއްފައެވެ.
އަބްދުއް ރަޝީދު އިންޑިއާގެ ކޮންސިއުލޭޓްގެ ވަޒީފާއަށް ނުކުމެ ވަޑައިގަންނަވާނީ އޮގަސްޓް މަހުގެ އެވަނަ ދުވަހުގައެވެ.
އަބްދުއް ރާޝިދުގެ ކުރިން މިމަގާމް އަދާކޮށްފައި ވަނީ އަލީ އާދަމެވެ. އޭނާވަނީ 2014 ވަނައަހަރުން ފެށިގެން މި އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް މި މަގާމް އަދާކޮއްފައެވެ. އަދި އެއަށް ފަހު އޭނާވަނީ އިސްލާމިކް މިނިސްޓްރީ އަށް ބަދަލުކޮށްފައެވެ.