ހދ. ނޮޅިވަރަމުގައި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދޭނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވައުދުވެ ވަޑައިގެންފިއެވެ.
ރައީސް ޔާމީން މިއަދު ނޮޅިވަރަމުގެ ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެރަށުގެ ޒުވާނުންނަށް ޚާއްސަކޮށް އެންމެ މިޒަމާނުގެ ފުޓުބޯޅަ ދަނޑެއް އަޅުއްވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ރާއްޖޭގެ ބައެއް ދިމަދިމާލުގަ، މާގިނަ ރަށްތަކެއް ނޫން އެހެންނަމަވެސް ބައެއް ދިމަދިމާލުގަ އެންމެ މިޒަމާނުގެ ބޮޑެތި ފުޓުބޯޅަ ދަނޑު އެޅުމުގެ ޙިޔާލު އަޅުގަނޑުގެ އެބައޮތް. އިރާދަ ކުރެއްވިއްޔާ އޭގެ ތެރޭގައި ނޮޅިވަރަމް އަޅުގަނޑު ހިމަނައި ދޭނަން" ރައީސް ޔާމީން ވިދާޅުވިއެވެ.