ފަލާޙް ޤްރްއާން މުބާރާތް އިސްކަންދަރު ސްކޫލްގެ ދަރިވަރުން ކާމިޔާބުކުރުމުން ދީނީ އިލްމްވެރިންގެ މަރުޙަބާ‍

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފަލާޙް ޤްރްއާން މުބާރާތް އިސްކަންދަރު ސްކޫލްގެ ދަރިވަރުން ކާމިޔާބުކުރުމުން ދީނީ އިލްމްވެރިންގެ މަރުޙަބާ‍

ޖިމިއްޔަތުލްފަލާޙް ޤްރްއާން މުބާރާތް އިސްކަންދަރު ސްކޫލްގެ ދަރިވަރުން ކާމިޔާބުކުރުމުން ދީނީ އިލްމްވެރިން މަރުޙަބާ ވިދާޅުވަމުން އެބަގެންދަވައެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެެރޭގައި ހިމެނިވަޑައިގަންނަވާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ފަދަ ދީނީ އިލްމުވެރިން މިހާރުވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޖަމިއްޔަތުލް ފަލާޙްގެ ޤްރްއާން މުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންެމެ ދުވަސްވީީ ޤްރްއާން ކިޔެވުމުގެ މުބާރާތެވެ. ޖަމިއްޔަތުލްފަލާޙުން މިއަހަރު ބާއްވާފައިވަނީ 47 ވަނަ މުބާރާތެވެ. އެހެންކަމުން މިއީ ރާއްޖޭގެ ޤައުމީ ޤްރްއާން ކިޔެވުމުގެ މުބާރާތަށްވުރެ 15 ވަރަކަށް އަހަރު ދޮޑީ މުބާރާތެއްކަން ފާހަގަކުރެވެއެވެ.

ޖަމިއްޔަތުލްފަލާޙްގެ ބާނީ އަބޫބަކުރު (ވައިތެޔޮ އަބޫބަކުރު) އަކީ އެޒަމާނުގެ ފެންވަރުން ރާއްޖޭގައި ދީނީ ކަންކަން ދިރިިވައި އާލާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި ޚިދުމަތްތެރިއެއްކަން މިކަމުން ވެސް އެނގިގެންދެއެވެ. އަބޫބަކުރުގެ ބޭފުޅުން މިއަދު އެޚިދުމަތުގައި ދެމިތިއްބެވިކަން އަންގައިދެނީ ދެއްވެވުނު ތަރުބިއްޔަތުގެ ފުރިހަމަކަމެވެ.

ކޮންމެ އިންސާނަކީވެސް ދުނިޔެ ދޫކުރަންޖެހޭނެ މީހެކެވެ. އެމީހެއްގެ އިޚްލާޞްތެރި ދީނީ ޚިދުމަތްތައް ދެމިހުރުމަކީ އެމީހަކު މަރުވެދިއުމަށްފަހުގައިވެސް އެމީހަކަށް ސަވާބު ލިބިލިބި ހުންނާނެ ކަމެކެވެ.



މިއަދު އޮންލައިން