ގެއްލުނު މީހާ ހޯދުމަށް ޓީއެމްއޭ ފްލައިޓުގައި މަސައްކަތް ކުރިއަށް ދަނީ

ކިޔުމަށް ހޭދަވާނީ 42ސ
ގެއްލުނު މީހާ ހޯދުމަށް ޓީއެމްއޭ ފްލައިޓުގައި މަސައްކަތް ކުރިއަށް ދަނީ
ފާނަ މަސްވެރިކަން ކުރަން ގޮސް އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު "ޓާގެޓް" ދޯނިން ގެއްލުނު ފ. ބިލަތްދޫ އުތުރުގޭ ޢަބްދުﷲ ނަސީރު، ވައިގެ މަގުން ވެސް ފެނޭތޯ ބެލުމަށް ޓީއެމްއޭ ފްލައިޓުގައި މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަސީރު ހޯދުމުގެ މަސައްކަތް ޓީއެމްއޭ ފްލައިޓުން ފަށާފައިވަނީ މިއަދު މެންދުރު 11:30 ގައި ކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމުން އެސަރަޙައްދުގައި މިއަދު ވެސް ފީނަމުންދާ ކަމަށާއި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޑައިވިންގް ރޮބޮޓު ވެސް ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ގެއްލުނު ނަސީރު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މިއަދު އޮންލައިން