މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކުގައި، ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެމުންދާ ކަމަށާއި މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަންގައިފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި، ޚާއްސަކޮށް މާލޭގައި، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާކަން އެއެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން އާންމުކޮށް ފެތުރެން މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީޢާއިންނާއި ބަލިޖެހިފައިވާ މީހެއްގެ ފަރާތުންކަން އެޗްޕީއޭ އިން ފާހަގަ ކޮށްފައިވެއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
• ރައްކާތެރި ބޯފެން ބޭނުން ކުރުން
• އަތްދޮވުމާއި ސާފުތާހިރުކަން
• ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުވުން
ހޮޑުލާ ބޭރަށް ހިންގާނަމަ ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް ސަލާމުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.