ބޮޑު ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައަޅާ ދެއްވާނެ ކަމަށާއި މަސްވެރިންނަށް ޚާއްސަ ކާޑެއް ތަޢާރަފު ކުރައްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސް ކިލޯއަކަށް 35 ޑޮލަރު ދެއްވާނެ ކަމަށް ވިދާޅު ނުވާ ކަމަށާއި ރީނދޫ އުރަހަ ކަންނެލި (ބޮޑު ކަންނެލި) ގަންނާނެ އެންމެ ދަށް އަގެއް ކަނޑައަޅާނެ ކަމަށެވެ. އެއަގަށްވުރެ ދަށްކޮށް މަސްގަތުން މަނާ ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދެން ވެސް އައިސް ޕްލާންޓު ގާއިމް ކޮށްދޭނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ.