އިހަވަންދޫ ނަރުދަމާ ނިޒާމް ޤާއިމުކުރަން އެމްޑަބްލިއުއެސްސީ އާއި ޙަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އިހަވަންދޫ ނަރުދަމާ ނިޒާމް ޤާއިމުކުރަން އެމްޑަބްލިއުއެސްސީ އާއި ޙަވާލުކޮށްފި
ހއ. އިހަވަންދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުމުގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ62,806,797.77 ރުފިޔާއެވެ.ނަރުދަމާ ނިޒާމުގެޢަމަލީ މަސައްކަތް ފަށާފައިވަނީ17 މެއި 2016 ގައެވެ. އަދި ހއ. އިހަވަންދޫގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ 28 އެޕްރީލް 2017 އަށެވެ.

މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރޫޢު އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި 5 ޕަމްޕް ސްޓޭޝަން ބަހައްޓައި 13.58 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި ރަށުގެ 482ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 100 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ.މިގޮތުން މި ނިޒާމު ހިންގާ ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިއަދު އޮންލައިން