ވޯޓާ ގުޅޭ އެއްވެސް ކަމެއްގައި ޚިޔާނާތްތެރި ނުވުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ވޯޓާ ގުޅޭ އެއްވެސް ކަމެއްގައި ޚިޔާނާތްތެރި ނުވުމަށް ޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފި
ވޯޓާ ގުޅޭ އެއްވެސް ކަމެއްގައި ޚިޔާނާތްތެރި ނުވުމަށް އައްޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފި އެވެ.

ޝައިޚް ޢަލީ ޒައިދު މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ކުރެއްވި ޓވީޓެއްގައެވެ. ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ވޯޓާ ގުޅޭ އެއްވެސް ޚިޔާނާތެއް ނުހިންގުމަށް ނަޞޭޙަތްތެރިވެވަޑައިގަންނަވާ ކަމަށާއި ޚިޔާނާތްތެރިވުމަކީ ނުބައިކަން ބޮޑު އަމަލެއ ކަމަށެވެ. އަދި އެއީ ސީދާ މުނާފިޤް ކަމުގެ އަލާމާތެއް އަދި މުނާފިޤުންގެ ސިފައެއް ކަމަށެވެ.

ކޮންމެ މުސްލިމަކުވެސް މިކަމަށް ރައްކާތެރިވާންޖެހޭ ކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ވިދާލުވެފައެވެ.

"ވޯޓާ ގުޅޭ އެއްވެސް ޚިޔާނާތެއް ނުހިންގުމަށް ނަޞޭޙަތްތެރިވަން. ޚިޔާނާތްތެރިވުމަކީ ނުބައިކަން ބޮޑު އަމަލެއް! އެއީ ސީދާ މުނާފިޤް ކަމުގެ އަލާމާތެއް! މުނާފިޤުންގެ ސިފައެއް! މިކަމަށް ރައްކާތެރިވާންޖެހޭ ކޮންމެ މުސްލިމަކުވެސް!"


މިއަދު އޮންލައިން