ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިދޭނީ އޮފިޝަލުން- އީސީ

ކިޔުމަށް ހޭދަވާނީ 46ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިދޭނީ އޮފިޝަލުން- އީސީ
ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިދޭނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ކަމަށް އެކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކުރަމު މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވާނީ ވޯޓުލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސް އޮފިޝަލެއް ކަމަށެވެ.

"މިގޮތަށް އަޅުގަނޑުމެން މިނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވޯޓުލުމުގެ ފުރުސަތު ދޭން. މިގޮތަށް ނިންމީ އެހެން ޤައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލާފައި ބެސްޓް ޕްރެކްޓިސް އަކީ މިއީ ކަމަށް ބަލައިގެން" އީސީގެ މެމްބަރު އަކުރަމް ވިދާޅުވިއެވެ.

މިއަދު އޮންލައިން