ޝަރަފުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ހިތަދޫ ޕޮލިސް ސްޓޭޝަނުން ބައިވެރިވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޝަރަފުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ހިތަދޫ ޕޮލިސް ސްޓޭޝަނުން ބައިވެރިވެއްޖެ
ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ހިތަދޫ ޕޮލިސް ސްޓޭޝަނުން ބައިވެރިވެއްޖެއެވެ..

ޖުލައި 17 ވަނަ ދުވަހުގެ ހެނދުނު ޝަރަފުއްދީން ސްކޫލުގައި “އަ ޑޭ ވިތް ކޮމިއުނިޓީ ހެލްޕަރސް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ އެސްކޫލްގެފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ގްރޭޑް 1 ގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ހިތަދޫ ޕޮލިސް ސްޓޭޝަނުން ބައިވެރިވެ، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް، ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް އޮޅުންފިލުވައިދީ ފުލުހުން ބޭނުންކުރާ ބައެއްތަކެތި ދަރިވަރުންނަށް ދައްކާލާފައިވެއެވެ.

މީގެއިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ދަރިވަރުންކުރި ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން