ގެމަނަފުށީގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ޖުލައި 17ވަނަ ދުވަހު ގެމަނަފުށި ޕޮލިސް ސްޓޭޝަނުންފެށި މިޕްރޮގްރާމަކީ، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ވިސާ ކާރޑް ތަކުގެ މަޢުލޫމާތު ހޯދައި އޮޅުވާލައިގެން މަކަރާއިހީލަތުން ފައިސާ ހޯދުން އިތުރުވަމުންދާތީ އާއްމުރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ގެމަނަފުށީގެ ހުރިހާ ގެއަަކަށް ޒިރާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި، ވައްކަން ކުރުންފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަށް ރައްޔިތުންނަށް ހޭލުންތެރިކުރުވުމާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެޤާނޫނާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ޙަބަރު ޕޮލިސް