ފާރިޝް މައުމޫނަށް އިންސާފު ލިބިވަޑައިގަތުމަށް ޢަބްދުﷲ ކަމާލުއްދީން އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފާރިޝް މައުމޫނަށް އިންސާފު ލިބިވަޑައިގަތުމަށް ޢަބްދުﷲ ކަމާލުއްދީން އެދިވަޑައިގެންފި

ފާރިޝް މައުމޫނަށް އިންސާފު ލިބިވަޑައިގަތުމަށް ޢަބްދުﷲ ކަމާލުއްދީން އެދިވަޑައިގެންފިއެވެ. ޢަބްދުﷲ ކަމާލުއްދީން މިކަމަށް އެދިވަޑައިގެންފައިވަނީ ފާރިޝް ޖަލުގައި ބަންދުކުރިތާ 1 އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެފައިވަނީ ފާރިޝް އަކީ ދިވެހި ސިޔާސީ އުދަރެހުން އަރަމުން އައި އެންމެ އަލި ގަދަ އެއް ތެރި ކަމަށެވެ. އަދި ފާރިޝް ޤައުމަށްޓަކައި ކުރައްވަމުން ވަޑައިގެންނެނި މަސައްކަތްޕުޅުތައް ފައުޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރި ކަމަށެވެ.

"ދިވެހި ސިޔާސީ އުދަރެހުން އަރަމުން އައި އެންމެ އަލި ގަދަ އެއް ތެރި ކަމުގައިވާ އަހްމަދު ފާރިޝް މައުމޫންގެ ސިޔާސީ މަސައްކަތް ހުއްޓުވައި ޖަލަށް ލެވުނުތާ މިއަދަށް 1 އަހަރުވީއެވެ. ފާރިޝް ޤައުމަށްޓަކައި ކުރައްވަމުން ވަޑައިގެންނެނި މަސައްކަތްޕުޅުތައް ފައުޅުގައި ފެނެއެވެ. އެމަނިކުފާނަށް އިންސާފު ލިބުމަށް އެދެމެވެ."



މިއަދު އޮންލައިން