ތަޅުންގަނޑަށް ބަދަލު ގެނެސްގެން ނަމަވެސް ރިޒޯޓުތަކުގެ މުވައްޒިފުންނަށް ވޯޓު ލެވޭނެ ގޮތް ހަދައިދޭން ކޯލިޝަނުން އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތަޅުންގަނޑަށް ބަދަލު ގެނެސްގެން ނަމަވެސް ރިޒޯޓުތަކުގެ މުވައްޒިފުންނަށް ވޯޓު ލެވޭނެ ގޮތް ހަދައިދޭން ކޯލިޝަނުން އެދިއްޖެ

ސީލިންގގެ އިތުރުން ތަބުތަކާއި ތަޅުގަނޑަށް ބަދަލުގެނެސްގެން ނަމަވެސް ރިޒޯޓުތަކުގައި ވަޒިފާ އަދާކުރާ މުވައްޒިފުންނަށް ވޯޓު ލެވޭނެ ގޮތް ހަދައދިނުމަށްް ގުޅިފައިވާ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ޕީޕީއެމްގެ ކުރީގެ އިސް އެކްޓިވިސްޓް އަޙްމަދު ޝަރީފް އާއި ބައްދަލުކުރުމަށްފަހު އިދިކޮޅު ކޯލިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު ބުނީ މީގެ ކުރިން ވޯޓުލާނެ 50 މީހުން ރަޖިސްޓްރީކޮށްފިނަމަ ރިޒޯޓުތަކުގައި ވޯޓު ވޮށިތައް ބެހައްޓައި ވޯޓުލުަށް މަގުފަހިކޮށްދިން ކަމަށާއި ނަމަވެސް މިފަހަރު 250 މީހުން ތިބި ރިޒޯޓުތަކުގައި އެކަނި ވޯޓުފޮށި ބަހައްތަން ނިންމީ ޤައުމުގެ ވޯޓުލާ އާބާދީގެ 3 އިންސައްތައަށްވުރެ މަތީ އަދަދެއްގެ ރައްޔިތުން ވޯޓުލުމުން މަޙްރޫމް ކުރުވުމުގެ ބޭނުމުގައި ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ޖޭޕީގެ އިސް ނައިބް ލީޑަރު ވިދާޅުވީ މިބަދަލު ގެނައީ ވޯޓާއި ގުޅިގެން ލަފާދިނުމަށް އެކުލަވާލާފައިވާ ޤައުމީ ކޮމިޓީއާއި ވެސް އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި މިއީ އިލެކްޝަންސް ކޮމިޝަނުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ މިފަދަ މައްސަލަތައް ކުރިމަތިކުރުވައި ކިތަންމެ ގިނަ ހުރަސްތަކެއް ކުރިމަތިކުރިމަތިކުރުވި ނަމަވެސް ކޯލިޝަނުން އިންތިޚާބު ބޯއިކޮޓް ނުކުރާނެ ކަމަށެވެ. "އިންތިޚާބު ބޮއިކޮޓް ކުރުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް ބޭނުންފުޅުވާނެ ގޮތް. އެކަމަކު އެކަމެއް އަޅުގަނޑުމެން ނުކުރާނަން." ކަމަށްވެސް ޑރ. ޙުސައިން ވިދާޅުވިއެވެ.
މިއަދު އޮންލައިން