ޤާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "ޖަލުތަކުގަ އާއި އެހެންނާއި މިހެން" މިސަރުކާރުގެ ނުފޫޒާއި ބާރުން ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް އަނިޔާ ލިބެމުންދާ ވަރަށް ގިނަ ބައަކު ނުވޭތޯ؟ ސުވާލުކުރައްވައިފައެވެ.
މީގެތެރޭގައި މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައިވާ 12 މެންބަރުންނާއި ޖަލު ބަންދުގައި ތިބި 3 މެންބަރުންނާއިއެކު ޖުމުލަ 15 މެންބަރަކަށް ސަރުކާރުން އަނިޔާ ކުރަމުން ގެންދާކަން ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ.
މާތް ﷲ ވާގިފުޅާއެކު ޖަލު ބަންދުގައި ޤާސިމް އިބްރާހީމް ނެތް ނަމަވެސް އެމަނިކުފާނުގެ މައްޗަށްވެސް ވެސް ވަނީ 3 އަހަރާ، 2 މަހާ 12 ދުވަހުގެ ޖަލު ޙުކުމެއް ދަންވަރު ކޯޓު ހުޅުވައިގެން ޣައިރު ޙާޒިރުގައި އިއްވައިފައެވެ.
"މިސަރުކާރުގެ ނުފޫޒާ ބާރުން ޤާނޫނު އަސާސީ އާ ޤާނޫނާ ޚިލާފަށް އަނިޔާ ލިބެމުންދާ ވަރަށް ގިނަ ބައަކު ނުވޭތޯ؟ ޖަލުގަ އާ އެހެންނާ މިހެން. އަދި މަޖިލިސް މެންބަރުންވެސް ހިމެނޭ. މިގޮތުން މިއަދަކީ އެމްޕީ ފާރިޝް މައުމޫން ޖަލުގަ ހުންނަވާތާ 1 އަހަރުވީ ދުވަސް. އޮނަރަބަލް ނާޒިމް އާ އިމްރާން ޖަލުގަ ހުންނަވާތާ 3 4/1 އަހަރު."
Mi Sarukaaruge nofoozaa baarun QA aa Q aa khilaafah Aniyaa libemundhaa varah gina bayaku nuveythoa.??? Jalugayaa ehenaa mihen. Adhi 15 MP akuves himeney migothun miadhakee MP Faris jalu gai hunnavaa thaa 1 aharu vee dhuvas .Hon Nazim aa Imraan jalugai hunnavaathaa 3 1/4 aharu .
— Qasim Ibrahim (@qasimibrahim) July 18, 2018