ރައީސް ޔާމީނާ ޑީލް ހަދައިގެން މިނިވަންވުމަށްވުރެ ޖަލުގަ އޮތުން މާރަނގަޅު: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރައީސް ޔާމީނާ ޑީލް ހަދައިގެން މިނިވަންވުމަށްވުރެ ޖަލުގަ އޮތުން މާރަނގަޅު: ޝައިޚް އިމްރާން
ރައީސް ޢަބްދުﷲ ޔާމީން އާއި އެއްވެސް ބާވަތެއްގެ ޑީލެއް ހައްދަވައިގެން މިނިވަންވެވަޑައިގަތުމަށްވުރެ ޖަލުގައި އޮންނެވުން މާރަނގަޅު ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިޚް އިމްރާން މިމޭރުމުން ޖަވާބު ދެއްވީ ޝައިޚް އިމްރާން އާއި މަޝްވަރާކުރަން ސަރުކާރުން ފޮނުވި މެދުވެރިޔާގެ ގާތު ކަމަށެވެ.

"ކޮންމެ ވަގުތަކުވެސް ޖަލަށް ގެންގޮސްފާނެތީ، ޕާޓީތަކުގެ ލީޑަރުންގެ ކިބައިން އެދިވަޑައިގަތީ ރައްޔިތުން މާޔޫސް ވާނެ ކަމެއް ނުކުރެއްވުމަށް" ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

2015 ވަނަ އަހަރުގެ މޭޑޭ އާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ޢާންމުންނާއި މުޚާޠަބް ކުރައްވައި، ޓީވީތަކުން ލައިވްކޮށް ޝައިޚް އިމްރާނު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ޝައިޚް އިމްރާންގެ މައްޗަށް ވަނީ 12 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. ރައްޔިތުންނާއި ޤާނޫނީ ވަކީލުން އިންތިހާއަށް ކަންބޮޑުވާ ގޮތަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލިސްތަކަކަށްފަހު އިއްވި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ވަނީ ބަލައިވެސް ނުގެން ބޭރުކޮށްލާފައެވެ.

މިއަދު އޮންލައިން