100 ދިވެހި މުވައްޒަފުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
100 ދިވެހި މުވައްޒަފުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
ރިޔާސީ އިންތިޚާބުގައި 100 ދިވެހި މުވައްޒަފުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.




އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ 100 ދިވެހި މުވައްޒަފުން މަސައްކަތްކުރާ ރިސޯޓުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބު 2018 ގައި ވޯޓު ފޮށި ބެހެއްޓުމަށް އެއްބަސްވާ ރިސޯޓުތަކުގައި ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމަށް އެ ކޮމިޝަނުން ނިންމައިފި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ މިގޮތަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި 250 މީހުން ހަމަވާ ރިސޯޓުތަކުގައި އެކަނި ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ކުރިން ނިންމުމުން ސިޔާސީ ޕާޓީތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މިއަދު އޮންލައިން