ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން އިއްޔެ ހުޅުވާލައިފިއެވެ.
އެކޯޓުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހިނގާ ޖުލައި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށާއި އެމަޤާމުގެ ޝަރުތަކީ ކަމާ ގުޅޭ ދާއިރާއިން މަތީ ސަނަދެއް އޮތުމާއެކު ސުޕްރީމް ކޯޓު ނުވަތަ ހައިކޯޓުގެ ފަނޑިޔާރުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ހޭދަ ކޮށްފައިވާ އަދި ފަނޑިޔާރުކަމުން ރިޓަޔާވެފައިވުން ކަމަށެވެ. ނުވަތަ ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުން ކަމުގައެވެ.
ޖުޑިޝަލް އެކެޑަމީގެ ޗާންސެލަރު ކަމަކީ ފަސް އަހަރުގެ މުއްދަތަށް އައްޔަނު ކުރާ މަޤާމެކެވެ.