މިސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވައި ދަރަނި ނަގަމުން ގޮސް ހއ. ކެލާ ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާދަރަނި، 287 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށާއި ސުވާލަކީ 287 މިލިއަން ރުފިޔާ ކެލާގެ ތަރައްޤީއަށް ނުވަތަ އެރަށުގެ ރައްޔިތުންނަށް ޚަރަދުކޮށްފިތޯ؟ ކަމަށް ކެލާ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ޑރ. ޢަބްދުﷲ މަޢްޞޫމް ވިދާޅުވެއްޖެއެވެ.
ދަރަންޏަށް ފައިސާ ނެގުމުގައި މިސަރުކާރުން ބޮޑެތި ރެކޯޑޗތައް ހަދަމުން ގެންދާއިރު ނަގާ ދަރަންނާއި އެކަށީގެންވާ ނިޞްބަތަކުން ތަރައްޤީގެ ކަންކަން ކުރިއަށް ނުގެންދާކަން އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއެއް ވެސް ހިންގަނީ އިންތިހާއަށް ޚަރަދު ބޮޑުކޮށް ކަމަށާއި މަޝްރޫއުތަކުގަ އަގު ބޮޑުވަނީ ސަރުކާރުގެ ތެރޭގައި ޢާންމުވެފައިވާ ވައްކަމާއި ކޮރަޕްޝަނުގެ ސަބަބުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ ތަރައްޤީކޮށް ރައްޔިތުން ބޭނުންވާ ކުރިއެރުން ހޯދޭނީ ދަރަނިވެރިވެގެންކަމަށާއި އަދިވެސް ދަރަނި އިތުރުކުރައްވާނެ ކަމަށެވެ.
"ކެލާ ރައްޔިތުންގެ ބޮލުގަ އަޅުވާފައިވާދަރަނި، 287 މިލިއަން ރުފިޔާއަށްވުރެ ބޮޑު. ސުވާލަކީ 287 މިލިއަން ރުފިޔާ ކެލާގެ ތަރައްޤީއަށް، ރައްޔިތުންނަށް ޚަރަދުކޮށްފިހޭ؟"
#Kelaa rayyithunge bolguai alhuvaaifaivaa dharani MVR 287 Million ah vure bodu...!#Suvaalakee MVR 287 Million Kelaage tharaggee ah, rayyithunah haradhu koffihey? @Mihaarunews @vaavu @JPSecretariat @MDPSecretariat @RaajjeTVLive @PSMnewsmv @presidencymv
— Abdulla Mausoom (@Mausoom_Maus) July 18, 2018