މާލެސިޓީ ކައުންސިލުން މުންނާރު ބެލެހެއްޓިއިރު ދުވަހަކުވެސް މިހާލަތަކަށް ގޮއްސައެއް ނޯންނާނެ ކަމަށް މާލެ ސިޓީގެ ޑިޕިޔުޓީ މޭޔަރު ޝިމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލޭގެ އަދި ރާއްޖޭގެ ވެސް އެންމެ ބޮޑު އެއް ޝަރަފު ކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ ރާއްޖެއަސް ޒިޔާރަތްކުރާ ފަތުރުވެރިން ވަރަށް ބޮޑަށް ސަމާލުކަންދޭ ބިނާއެކެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން މުންނާރު ފޮޓޯ ނަގައެވެ. މުންނާރު ކައިރީ ތިބެގެންވެސް ފޮޓޯ ނަގައެވެ.
މުންނާރު ހަޑިވެ ބަލާލަން ނުކުރޭވަރުވެފައިވަނިކޮށް އެންމެފަހުންވެސް އެތަނުގެ އާބާތުރަ ފިލުވީ އަމިއްލަ ޖަމިއްޔާއަކުންނެވެ.
"މާލެސިޓީ ކައުންސިލުން މުންނާރު ބެލެހެއްޓިއިރު ދުވަހަކުވެސް މިހާލަތަކަށް ގޮއްސައެއް ނޯންނާނެ. ޖަޒިރާ ރާއްޖޭގެ ވެރިކަމުގަ ޘަޤާފީ ތަރިކަ ޙިމާޔަތްކުރެވޭނެ. އަދި ޓޫރިޒަމާ ގުޅުވައި މިފަދަ ތަރކަ ޕްރަމޯޓް ކުރެވޭނެ."
Council in Munnaaru belehehti iru Dhuvahakuves mihaalathah gossa noannaane. #JazeeraaRaajje ehga heritage himaayaiykureveyne. Adhi tourism aa gulhuvai mifadha binaa thah promote kureveyne. pic.twitter.com/5iO7EYUI3P
— Shamau Shareef (@schamau) July 18, 2018