އިސްލާމްދީނަށް ނަޞްރު ދެއްވާހާ ދުވަހަކު ދެމިހުންނާނީ ރައީސް ޔާމީނުގެ ފަހަތްޕުޅުގަ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިސްލާމްދީނަށް ނަޞްރު ދެއްވާހާ ދުވަހަކު ދެމިހުންނާނީ ރައީސް ޔާމީނުގެ ފަހަތްޕުޅުގަ: ޑރ. ޝަހީމް


ރައީސް ޢަބްދުﷲ ޔާމީން އިސްލާމްދީނަށް ނަޞްރު ދެއްވާހައި ދުވަހަކު ދެމިހުންނަވާނީ ރައީސް ޔާމީނުގެ ފަހަތްޕުޅުގއި ކަމަށް ރައިސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރުމާލް2 ޖަގަހައިގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނު އޭނާ އެއްލަވައިލައްވާނެ ކަަމަށް އެމްޑީPީން ދައްކާވާހަކަ ދޮގު ކުރައްވާ ކަމަށެވެ. "ރައީސް ޔާމީނަކީ އެމަނިކުފާނަށް ވަފާތެރިންނަށް ވަފާތެރި ބޭފުޅެއް. މަޤާމެއް ހަވާލުވީމާ ވަފާތެރިނުވުމުގެ މައްސަލަ ޤައުމުގަ މިއޮތީ. ކޮންމެ މީހަކުވެސް އެމީހެއްގެ ގައިގަ ޖެހީމާ ޖަހާނެ. ބާރުގަދަ މީހާ ބާރަށް ޖަހާނެ."

ޑރ. ޝަހީމް ވިދާޅުވީ އެމަނކުފާނުގެ އަމިއްލަރަށުން ވެސް މަދު ބައަކު ނޫނީ ރައީސް ޔާމީނަށް ވޯޓު ނުލާނެ ކަމަށް ބުނި ނަމަވެސް އެއީ ހަޤީޤަތެއް ނޫން ކަމަށެވެ. "ކާފަވެސް އަދި ﷲ އިރާދަފުޅުން ދުނިޔޭގަ އެބަހުންނެވި. ކާފަ މުނިކާފަ ކިޔާ ދަރިންގެ އަދަދު 100 އަށްވުރެ ގިނަ. އެއިގެ އިތުރުން ވެސް އަޅުގަނޑުގެ ޢާއިލާއަކީ ވެސް ރަށުގަ އެންމެ ބޮޑު އެއް ޢާއިލާ."

ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިޔަނި ކެބިނެޓް އއުލާނުކުރަންވެސް އަދި ރަނިން މޭޓަކަށް ކަނޑައަޅަންވެސް އެމަނިކުފާނާއި ސުވާލު ކުރި ކަމަށާއި ނަމަވެސް ޤަބޫލުފުޅު ނުކުރެއްވީ ބޭރުގެ ނުފޫޒުތަކަށް ބޯލަނބަން ބޭނުންފުޅު ނުވާތީ ކަމަށެވެ. "މިވަގުތު ރާއްޖޭގައި ސިޔާސީ އިދިކޮޅު ޕާޓީއެއް ނެތް. އޮތީ ޤައުމާއި އިދިކޮޅު ޕާޓީއެއް." ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިއަދު އޮންލައިން