12 މެންބަރުންގެ ޙުކުމް މިއަދުވެސް ތާށިވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
12 މެންބަރުންގެ ޙުކުމް މިއަދުވެސް ތާށިވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހާއި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސްޕްރީމް ކޯޓުން މިއަދު އިއްވަން ނިންމި ޙުކުމް ތާށިވެއްޖެއެވެ.

ޙުކުމް ތާށިވިކަން އެނގުނީ ޙުކުމް އިއްވަން މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ކެންސަލް ވުމުންނެވެ.

ޤާނޫނު އަސާސީގައި ބުނާ ގޮތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުންނެވެ. ނަމަވެސް 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އަދި މިހައިތަނަށްވެސް ސްޕްރީމް ކޯޓުން ކަނޑައަޅާފައެއް ނުވެއެވެ. ނަަމަވެސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މިހާރު ކުރިއަށް ދާން އުޅޭ ކަމަށް އުންމީދު މިކުރެވެނީ ސްޕްރީމް ކޯޓުގެ ޙުކުމް ބާޠިލުކުރުމަށް ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައެވެ.
މިއަދު އޮންލައިން