ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު މައުމޫން ޢަބްދުލް ޤައްޔޫމް، ތަހުގީގަށް މޯބައިލް ފޯނު ދެއްވިނަމަ މިއަދު އެމަނިކުފާނު ޖަލުގައި އޮންނަވާކަށް ނުޖެހޭނެކަމަށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުތަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަދިވެސް އެންމެ އިޚްތިރާމް ކުރައްވަނީ ރައީސް މައުމޫނަސް ކަމަށެވެ. އަދި އެމަނިކުފާނު އެގޮތަށް އެދުވަހު ޢަމަލު ކުނުރެއްވިނަމަ ޖަލުގައި އޮންނަވާކަށް ނުޖެހޭނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"ތަހުގީގަކަށް މީހަކަސް ތުހުމަތުކުރެވި ތަހުގީގަކަށް މީހަކު ގެންދާނަމަ އެންމެ ފުރަތަމަ އެކުރެވޭ ތުހުމަތުތަކަކަށް ބަލާއިރު އެތުހުމަތަކީ ފޯނުގެ ޒަރިއްޔާއިން އިންޓަނެޓް ޒަރިއްޔާއިން ހިނގާފައިވާ މުއާމަލާތެއްނަމަ ފުލުހުން ބޭނުންވާނެ ފޯނާއި އިންޓަނެޓްގެ ޒަރިއްޔާ ބޭނުންކުރި ސާމާނު ހޯދަން" ރައީސް ޔާމީން ވިދާޅުވިއެވެ
.
ރައީސް މައުމޫން ގޭބަންދަށް ބަދަލުވުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަމަށާއި އެފުރުސަތު ލިބޭނީ ރައީސް މައުމޫން ވެސް ޤާނޫނާ އެއްގޮތަސް ޢަމަލު ކުރައްވާ ފޯނު ދެއްވިނަމަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.