އިންސާފާ ޙައްޤުތައް ނުލިބިގެން އެއްވެސް ރައްޔިތަކު މާޔޫސްވިއަކަ ނުދޭނަން: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިންސާފާ ޙައްޤުތައް ނުލިބިގެން އެއްވެސް ރައްޔިތަކު މާޔޫސްވިއަކަ ނުދޭނަން: ފައިޞަލް ނަސީމް
ގުޅިފައިވާ ކޯލިޝަނުގެ ވެރިކަމެއް ޤާއިމުކުރެވުމުން އިންސާފާއި ޙައްޤުތައް ނުލިބިގެން އެއްވެސް ރައްޔިތަކު މާޔޫސްވިއަ ނުދެއްވާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިއަދު ވިދާޅުވީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވެސް ސަލާމަތްކަމާއި ރައްކައުތެރިކަން ލިބި އަދި ކުރިއެރުން ވެސް ލިބޭނީ ޤައުމުން އަނިޔާވެރިކަމާއި ބޭއިންސާފު ނައްތާލައިގެން ކަމަށެވެ. އެހެންކަމުން ކޯލިޝަން ސަރުކާރެއްގައި އެންމެ މުހިންމު މަސައްކަތަކަށްވާނީ އެންމެންނަށް ރައްޔިތުންނަށް ލިބެމުންދާ އަނިޔާވެރިކަމާއި ހިތްދަތިކަން ނައްތައިލުން ކަމަށާއި އަނިޔާވެރިކަމާއި ހިތްދަތިކަން ޤައުމުން ނައްތަވައިލައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެެ ސަރުކާރުގެ މައިގަނޑު އަސާސެއްގެ ގޮތުގައި އޮންނާނީ އިންސާފު ޤާއިމުކުރުން. ހަމަހަމަކަން ޤާއިމުކުރުން ތަފާތުކުރުންތައް އެއްކޮށް ނައްތައިލުން. މިފަދަ އެއްވެސް ކަމެއްގައި ރައްޔިތުންނަށް މާޔޫސްވާންޖެހޭ ފަދަ އެއްވެސް އަމަލެއް ހިނގައިގެނެއް ނުދާނެ. އެކަމުގެ ޔަޤީންކަން އަޅުގަނޑުދެން."

ފައިޞަލް ވިދާޅުވީ މިކަމަށް އޮތް މަގަކީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކަމަށާއި މިނިވަންކަމާއިއެކު ވޯޓުލުމުގެ ހައްޤު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބެންޖެހޭނެ ކަމަށެވެ. ކުދި ބޮޑު އެންމެންނަށާއި ޒުވާނުންނަށް އަދި ނުކުޅެދޭ މީހުންނަށްވެސް ވޯޓުލުމުގެ ހައްޤު ލިބެންޖެހޭނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ވޯޓުލުމުގެ ހައްޤަކީ އެއްވެސް މީހަކަށް އެއްވެސް އިސްތިސްނާވުމެއް ނެތި ލިބިދޭންޖެހޭނެ ޙައްޤެއް ކަމަށާއި އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް ލިބެންޖެހޭނެ ކަމަށެވެ. އެމީހަކީ ރިޒޯޓޭއްގައި މަސައްކަތްކުރާ މީހެއް ނަމަވެސް ވޯޓުލުމުގެ ފފުރިހަަމ ހައްޤު ލިބެންޖެހޭނެ ކަމަށެވެ.

ފައިޞަލްގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން