ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 52ސ
ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގެންފި
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ތިލަދުންމަތީ އުތުރުބުރިއާއޮ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި މމިދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ޤާއިމު ކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވާފައެވެ. އަދި ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ގޮނޑުކޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަނެ، އަދި ހއ. އިހަވަންދޫ އަށް ވަޑައިގެން އެރަށުގައި ޤާއުމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވާފައި ވެސް ވެއެވެ.

މީގެއިތުރުން މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްު ކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވައި، ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ވެސް ފާހަގަ ކޮށްދެއްވާފައެވެ.

މިއަދު އޮންލައިން