ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ސައިންސް ފިއެސްޓާ 2018 ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ސައިންސް ފިއެސްޓާ 2018 ފަށައިފި
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ ސައިންސް ފިއެސްޓާ 2018 ފަށައިފިއެވެ.

ޕްރިންސިޕަލް ސަޢީދު އަޙްމަދު ވިދާޅުވީ ސައިންސް ގެ މާއްދާތައް ކިޔަވާއިރު ހަމައެކަނި ފޮތުން ކިޔަވައިގެން ބޭނުންވާ ކުރިއެރުން ނުލިބޭނެ ކަމަށާއި މިފަދަ ފިއެސްޓާއެއް ކޮންމެ އަހަރަކު ބާއްވަމުން ދަނީ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށެވެ.



ސަޢީދު އަޙްމަދު ވިދާޅުވީ ކޮންމެ ކްލާހަކުން ވެސް ޕްރޮޖެކްޓްތައް ބައިވެރިކުރާ މިފިއެސްޓާގެ ސަބަބުން ކިޔަވާ އެއްޗެއްގެ ބޭނުން ހިފަން ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ.

"ދަރިވަރުން އެކުދިން ހަދަން ބޭނުންވާ ޕްރޮޖެކްޓްތައް ފުރަތަމަ ލިޔެފަ ޓީޗަރުންނަށް ހުށަހަޅާނެ. ޓީޗަރުން އެޕްރޫވްކުރާ ޕްރޮޖެކްޓްތައް އުފައްދައި ބައިވެރިކުރާނީ."



ސާޢީދު އަޙްމަދު ވިދާޅުވީ އެ ސްކޫލުގެ ސައިންސް ލެބަކީ ރާއްޖޭގެ ސްކޫލެއްގައި ހުރި އެންމެ ފެންވަރު ލެބް ކަމަށާއި ބޭނުންކުރާ ވަސީލަތްތަކަކީވެސް އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ކަމަށެވެ. އެހެންކަމުން އެކަމުގެ ފައިދާ ދަރިވަރުންނަށް ކުރަމުންދާ ކަމަށެވެ.



ސަޢީދު އަޙްމަދު ވިދާޅުވީ މިފިއެސްޓާއަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް މި ފިއެސްޓާއަށް ދައުވަތު ދެއްވާފައިވާނެ ކަމަށެވެ. ފިއެސްޓާ ކުރިއަށް ގެންދާނީ މިއަދުއެވެ.
މިއަދު އޮންލައިން