ސިޔާދު މިނިވަންވުމަކީ އިޞްލާޙަށް މަސައްކަތްކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސިޔާދު މިނިވަންވުމަކީ އިޞްލާޙަށް މަސައްކަތްކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް: ސަމީރު
ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް މިނިވަންވެވަޑައިގަތުމަކީ އިޞްލާޙަށް މަސައްކަތްކުރާ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިމޭރުމުން ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ސިޔާދު ހައްޔަރުކުރީންސުރެ ޖަލު ބަންދުގައި ގެންގުޅެމުންދަނިކޮށް ޝަރުތުތަކަކާއިއެކުގައި ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ސިޔާދު މިނިވަންކުރުމުންނެވެ.

ސިޔާދު ވަނީ މިއަދާއި ހަމައަށް ބަންދުގައި 162 ދުވަސް ހޭދަކުރައްވައިފައެވެ.

ސަމީރު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވަނީ އަބަދުވެސް ރައްޔިތުންނަށް "އަނިޔާވެރިވެ ކޯޓުތަކަށް އަތްބާނައިގެން" ކަންކަން ކުރައްވަން ކަމަށާއި ނަމަވެސް މިއަދުވެސް ފެނިގެން މިދިއައީ ޙައްޤަށް މާތް ﷲ ނަޞްރު ދެއްވަވާނެކަން ކަމަށެވެ. "އަޅުގަނޑު ހަމްދާ ޝުކުރު ކުރަނީ ﷲ ތަޢާލާއަށް."

ސަމީރު ވިދާޅުވީ ކޯޓުތަކަށް އަތްބާނައިގެން ކަންކަން ކުރަން އުޅުނު ނަމަވެސް ފަނޑިޔާރުންނަށްވެސް ރައީސް ޔާމީން ބޭނުންފުޅުވާ ހުރިހާ ކަމެއް ހުރިހާ ގޮތަކަށް ކޮށް ނުދެވޭނެ ހާލަތުވެސް އަންނާނެ ކަމަށާއި ﷲ ތަޢާލާގެ މަތިވެރިކަން މާ ބޮޑު ކަމަށެވެ.

ބަންދުގައި ހުންނެވިއިރު ސިޔާދު ދައްކަވާފައިވާ ސާބިތުކަމަށް ސަމީރު ވަނީ ތަޢްރީފް ކުރައްވައިފައެވެ.

އަަވަސް އަރުވާލައިގެން ބޭނުން އެންމެންގެ މައްޗަށް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ޙުކުމްކުރިއިރު ސިޔާދުގެ މައްޗަށްވެސް ވަނީ އެޙުކުމްކޮށްފައެވެ.
މިއަދު އޮންލައިން