ޓީޗަރުންނަށް ހިލޭ ބައިވެރިވެވޭ ސެމިނާއެއް ކުޅުދުއްފުށީގައި މަންދު ކޮލެޖުން ބާއްވަނީ

ކިޔުމަށް ހޭދަވާނީ 39ސ
ޓީޗަރުންނަށް ހިލޭ ބައިވެރިވެވޭ ސެމިނާއެއް ކުޅުދުއްފުށީގައި މަންދު ކޮލެޖުން ބާއްވަނީ
ށ. އަތޮޅާއި ހއ. އަދި ހދ. އަތޮޅުގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް އަމާޒުކޮށްގެން ހދ. ކުޅުދުއްފުށީގައި ސެމިނާއެއް ބާއްވަން މަންދު ކޮލެޖުން ނިންމައިފިއެވެ.

ޤައުމީ މަންހަޖު ތަންފީޒު ކުރުމުގައި ޓީޗަރުންނަށް އިތުރު ފަންނީ އެހީ ބޭނުންވާކަން ފާހަގަކޮށް މަންދު ކޮލެޖުން މާދަމާ ބާއްވާ އެސެމިނާއަކީ ޓީޗަރުންނަށް މުޅިން ހިލޭ ބައިވެރިވެވޭ ސެމިނާއެއް ކަމަށް އެކޮލެޖުން ބުނެފައިވެއެވެ.

މަންދު ކޮލެޖުން މައުލޫމާތު ދީފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީ ގައި ހުންނަ މަންދު ކޮލެޖުގެ ނޯތު ރީޖަނަލް ސެންޓަރުން ކުރިއަށް ގެންދާ އެސެމިނާގައި އިރުޝާދު ދެއްވާނީ ތަޢުލީމީ ދާއިރާގައި މަންހަޖު އެކުލެވުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމުގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޑރ. ނާދިރާ އިސްމާއިލް ކަމަށެވެ.
މިއަދު އޮންލައިން