މަޖުބޫރުކުރުވައިގެން ނުކުޅެދޭ މީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ބޭނުންކުރުމަކީ މަކަރާއި އޮޅުވާލުމަށް މަގު ކޮށުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މަޖުބޫރުކުރުވައިގެން ނުކުޅެދޭ މީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ބޭނުންކުރުމަކީ މަކަރާއި އޮޅުވާލުމަށް މަގު ކޮށުން: ޑރ. އިޔާޟް
ޚާއްޞަ އެހީއަށް ބޭނުންވެފައިވާ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކީ ވާރިސުން ކަމަށާއި ވާރިސުންނަށް އިތުބާރުކުރެވޭ ފަރާތެއް ފިޔަވައި އެހެން ބައަކު އެމީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ބޭނުންކުރަން މަޖުބޫރުކުރުވުމަކީ މަކަރާއި އޮޅުވާލުމަށް މަގު ކޮށުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައި މިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ނުކުޅެދޭ މީހުންގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މީހަކު ފާހަގަޖަހައި ވޯޓުލާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ނުކުޅެދޭ މީހުންގެ ވޯޓުކަރުދާހުގައި ފާހަގަަހައި ވޯޓުލާނީ އެކޮމިޝަނުން ކަނޑައަޅާ އިސްވެރިއަކު ކަނޑައަޅާ މީހަކު ކަމަށެވެ.

"ޚާއްޞަ އެހީއަށް ބޭނުންވެފައިވާ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކީ ވާރިސުންނެވެ. އެމީހުންނަށް އިތުބާރުކުރެވޭ ފަރާތެއް ފިޔަވާ އެހެން ބައަކު އެމީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ބޭނުންކުރަން މަޖުބޫރުކުރުވުމަކީ މަރާއި އޮޅުވާލުމަށް މަގު ކޮށުމެވެ."
މިއަދު އޮންލައިން