މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސް!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސް!: ޤާސިމް
މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސް ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިއަދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިން ޝާ ﷲ! މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސް ކަމަށާއި މިގޮތުން އެމަނިކުފާނުގެ ދަރިކަލުން، ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ޤާސިމަށް ޖަލުގެ އަނިޔާވެރިކަމުން މިންޖުވެވަޑައިގެންނެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ޙައްޤުގެ މަގަށް އެޅުނު ފިޔަވަޅެއް ކަމަށާއި ﷲ ސުބްހާނަހޫ ވަތަޢާލާ މިފަދައިން ބަންދުގައި ތިއްބެވި ހުރިހާ ބޭފުޅުން ސަލާމަތް ކުރެއްވެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް އެދިވަޑައިގެން ދުޢާ ކުރައްވަވާ ކަމަށެވެ.

"އިން ޝާ ﷲ! މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސް! މިގޮތުން އިބްރާހީމް ސިޔާދު ޤާސިމަށް ޖަލުގެ އަނިޔާވެރިކަމުން މިންޖުވެގެން ދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. ޙައްޤުގެ މަގަށް އެޅުނު ފިޔަވަޅެއް. ﷲ ސުބްހާނަހޫ ވަތަޢާލާ މިފަދައިން ތިއްބެވި ހުރިހާ ބޭފުޅުން ސަލާމަތް ކުރައްވާށި!"


މިއަދު އޮންލައިން