ސިޔާދު ދޫކޮށްލުމުން ލިބުނީ އުފަލެއް- އިބޫ

ކިޔުމަށް ހޭދަވާނީ 58ސ
ސިޔާދު ދޫކޮށްލުމުން ލިބުނީ އުފަލެއް- އިބޫ
ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމް ގެ ދޮށީ ދަރިކަލުން އަދި ވިލާ ގްރޫޕް އޮފް އިންޑަަސްޓްރީސް ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ސިޔާދު ޤާސިމް މިނިވަންވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.

ސިޔާދު ހައްޔަރު ކުރެވުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އެމަނިކުފާނު މިއަދު ދޫކޮށްލީ ފަސް މަހާއި 13 ދުވަހަށް ފަހުއެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ ޓްވީޓެއް ކުރައްވާ ވިދާޅުވީ ސިޔާދު ޤާސިމް ބަންދުން ދޫކޮށްލުމުން އުފާ ކުރައްވާ ކަމަށާއި ނުޙައްޤުން އަނިޔާ ލިބެމުންދާ އެންމެން މިހާރުން މިހާރަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

މިއަދު އޮންލައިން