ހަސަން ސައީދުގެ މައްޗަށް ދައުވާ ސާބިތުވެ 4 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ހަސަން ސައީދުގެ މައްޗަށް ދައުވާ ސާބިތުވެ 4 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި
ޖުޑިޝަލް އެޑްމިނިސްޓްރޭތަރުގެ މަގާމުގައި ކުރިން ހުންނެވި ޙަސަން ސައީދު، ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޙަސަން ސައީދު ޖަލަށްލާން ހުކުމް ކުރީ އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއްގެ ދަށުން، މިއަހަރުގެ ފެބްރުއަރީ މަހު ކުރީކޮޅު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެނގިހުރެ، ފުލުހަށް ހާޒިރުވެފައި ނުވާތީ ދައުލަތުން އުފުލި ޤާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އެއަޑުއެހުމުގައި ފާހަގަކުރި ނުކުތާތައް އިއްވަމުން އެމައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޙަސަން ހައްޔަރު ކުރަން އޭނާގެ ފްލެޓަށް ފުލުހުން ގޮސް ޙަސަން ސައީދަށް ގުޅަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެފައިވާ ކަމަށާއި އޭނާ ހޯދަން ފުލުހުން އެއިރު އާންމުކޮށް އިއުލާން ކޮށްފައިވާއިރު އެއެންގުމާއި އެއްގޮތަށް ޙަސަން އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން