އިރުއަރާ ކޮންމެ ދުވަހަކީ ކޮންމެވެސް ރައްޔިތަކަށް އަނިޔާލިބެމުންދާތާ ކޮންމެވެސް މުއްދަތެއް ހަމަވާ ދުވަސް - ޙާލަތު ބަދަލުކުރާނަން: ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިރުއަރާ ކޮންމެ ދުވަހަކީ ކޮންމެވެސް ރައްޔިތަކަށް އަނިޔާލިބެމުންދާތާ ކޮންމެވެސް މުއްދަތެއް ހަމަވާ ދުވަސް - ޙާލަތު ބަދަލުކުރާނަން: ފައިޞަލް
ދިވެހިރާއްޖޭގެ ޖައްވަށް އިރުއަރާ ކޮންމެ ދުވަހަކީ ކޮންމެވެސް ދިވެހި ރައްޔިތަކަށް އަނިޔާލިބެމުންދާތާ ކޮންމެވެސް މުއްދަތެއް ހަމަވާ ދުވަސް ކަމަށާއި ދިވެހި ޤައުމަށް ކުރިމަތިވެފައިވާ މިޙާލަތު ބަދަލުކުރައްވާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކޯލިޝަނުން ހުޅުވި "ވެށިފަހި" ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ފައިޞަލް ވިދާޅުވީ އިރުއަރާ ކޮންމެ ދުވަހަކީވެސް ދިވެހި ކޮންމެވެސް ދަރިއަކު އެއްވެސް ކުށެއް ނެތި ޖަލުގެ ގޮޅީގައި 100 ދުވަސް، 1000 ދުވަސް ނުވަތަ އެނޫންވެސް މުއްދަތެއް ހަމަވެގެންދާ ދުވަހެއް ކަމަށާއި މިއީ މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ.

"ޤައުމުގެ އެކި ކަންކޮޅުތަކުގައި މިވާހަކަ ދައްކަންޖެހެނީ މިގޮތަށް ކަންތައްތައް ހިނގާތީ. ދިވެހި ރައްޔިތުން އެކިތަންތަނުގައި ތިބެގެން އިންސާފު ނުލިބޭ ވާހަކައާއި ތަފާތުކުރާ ވާހަކަ އާއި އަނިޔާ ލިބޭ ވާހަކަ ދައްކަމުން ގެންދަނީ ކުރާނެ އެހެން ކަމެއް ނެތިގެނެއް ނޫން."

ފައިޞަލް މިރޭވެސް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރަކުން މިފަދަ ހުރިހާ ކަންކަން ހައްލުކުރާނެ ކަމަށާއި އަދުލު އިންސާފު ނުލިބިގެން އުޅެން ހަމަ އެކަކަށްވެސް ނުޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން