ނުކުޅެދޭ މީހުންގެ ވާރުތަ އިލެކްޝަންސް ކޮމިޝަނަށް އެރި ގޮތަކާއިމެދު ދީނީ ޢިލްމުވެރިން ސުވާލު އުފައްދަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނުކުޅެދޭ މީހުންގެ ވާރުތަ އިލެކްޝަންސް ކޮމިޝަނަށް އެރި ގޮތަކާއިމެދު ދީނީ ޢިލްމުވެރިން ސުވާލު އުފައްދަވާ!
ނުކުޅެދޭ މީހުންގެ ބަލަދު ޙާކިމާއަށް އަރާނީ އޭނާގެ ވާރުތަވެރިން ދުނިޔޭގަ ނެތް ޙާލަތުގައި ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އިންސާނާ ނުކުޅެދިއްޖެނަމަ ދެން އޭނާގެ ފުށުން، އޭނާ ކުރަންޖެހޭ ކަންކަން ކުރާނީ އޭނާގެ ވާރުތަވެރިން ކަމަށާއި ޙާކިމާ ނުވަތަ ދައުލަތަކުން ނޫން ކަމަށެވެ. އަދި ޙާކިމާއަށް ބަލަދު އަރާނީ އޭނާގެ ވާރުތަވެރިން ދުނިޔޭގަ ނެތް ޙާލަތުގައި ކަމަށެވެ.

"އިންސާނާ ނުކުޅެދިއްޖެނަމަ ދެން އޭނާގެ ފުށުން، އޭނާ ކުރަންޖެހޭ ކަންކަން ކުރާނީ އޭނާގެ ވާރުތަވެރިންނެވެ. ޙާކިމާ ނުވަތަ ދައުލަތަކުން ނޫނެވެ. ޙާކިމާއަށް ބަލަދު އަރާނީ އޭނާގެ ވާރުތަވެރިން ދުނިޔޭގަ ނެތް ޙާލަތުގައެވެ. ވީމާ ވާރުތަވެރިންނަށް ޖާގަދޭށެވެ!"



ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ވަނީ ހަމަ މިމޭރުމުން ވިދާޅުވެފައެވެ. ޑރ. އިޔާޟް ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ މީހުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސްފަރާތަކީ ވާރިސުން ކަމަށާއި ވާރިސުންނަށް އިތުބާރުކުރެވޭ ފަރާތެއް ފިޔަވައި އެހެން ބައަކު އެމީހުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްޤު ބޭނުންކުރަން މަޖުބޫރުކުރުވުމަކީ މަކަރާއި އޮޅުވާލުމަށް މަގު ކޮށުން ކަމަށެވެ.

ދީނީ ޢިލްމުވެރިންގެ ބަސްފުޅުތައް މިމޭރުމުން ހުރިއިރު ނުކުޅެދޭ މީހުން ލާ ވޯޓުގެ ބެލެނިވެރިކަން އިލެކްޝަންސް ކޮމިޝަނަށް ލިބުނު ގޮތަކާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. ޕިޕީއެމުން ބުނަނީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރެވޭނެ ހަމައެކަނި ސަރުކާރަކީ ޕީޕީއެމް ކަމަށެވެ.



މިއަދު އޮންލައިން