ނުހައްޤުން އަނިޔާލިބެމުންދާ އެންމެން މިނިވަން ކުރުމަށް އިބޫ ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ނުހައްޤުން އަނިޔާލިބެމުންދާ އެންމެން މިނިވަން ކުރުމަށް އިބޫ ގޮވާލައްވައިފި
ނުހައްޤުން އަނިޔާލިބެމުންދާ އެންމެން މިނިވަން ކުރުމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިބޫ މިމޭރުމުން ސަރުކާރަށް ގޮވާލައްވާފައިވަނީ އެއްވެސް ޙައްޤެއް ނެތި އިބްރާހީމް ސިޔާދު ޤާސިމް ހިފައި ހައްޔަރުކޮށް 162 ދުވަހު ޖަލުގައި ބަންދުކޮށްފައި ބެހެއްޓިފަހުން ކްރިމިނަލް ކޯޓުން ސިޔާދު މިނިވަން ކުރުމާއި ގުޅިގެން އުފާ ފައުޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އިބީ ވިދާޅުވީ 'އަނިޔާވެރިކަން ކޮޅުންލައި، ބޭއިންސާފުން 5 މަހާއި 13 ދުވަސް ޖަލުގައި ބަންދުކޮށްފައި ހުރުމަށްފަހު އިބްރާހީމް ސިޔާދު ޤާސިމް މިއަދު ކޯޓުން މާލޭ ބަންދަށް ދޫކޮށްފައިވާތީ އުފާ ކުރައްވާ ކަމަށެވެ. އަދި ސިޔާދާ ނުހައްޤުން އަނިޔާލިބެމުންދާ އެންމެން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.


މިއަދު އޮންލައިން