ޤާސިމްގެ މައްޗަށް ކުރީ ބާޠިލް ޙުކުމެއް - ޙުކުމް ހައިކޯޓުގަ އިސްތިޢްނާފްކުރިކަން ވެސް ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ނެތުމުން ވަކީލުން ކަންބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 7ސ
ޤާސިމްގެ މައްޗަށް ކުރީ ބާޠިލް ޙުކުމެއް -  ޙުކުމް ހައިކޯޓުގަ އިސްތިޢްނާފްކުރިކަން ވެސް ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ނެތުމުން ވަކީލުން ކަންބޮޑުވެއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކުރީ ބާޠިލް ޙުކުމެއް ކަމަށާއި އެ ޙުކުމް ހައިކޯޓުގައި އިސްތިޢްނާފްކުރިކަން ވެސް ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ނެތުމުން ކަންބޮޑުވާކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން ބަޔާނެއް ނެރުއްވައިފިއެވެ.

އެބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގައި ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި 25 އޮގަސްޓް 2017 ވަނަ ދުވަހު ޝާއިޢުކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވިނަމަވެސް އެމައްސަލަ ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައި ކަމަށެވެ. ނަމަވެސް އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ބޭއްވިފައި ނުވާ ކަމަށެވެ.

ވަކީލުން ވިދާޅުވެފައިވަނީ އޮނަރަބަލް ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ ބައިވެރިވަޑައިގަތުމަކާއި ނުލައި ހިންގެވި ޝަރީޢަތެއްގައި ކޮށްފައިވާ ޙުކުމަކާމެދު މަތީ މަރުޙަލާގެ ކޯޓަކުން ގޮތެއް ނިންމުމަށް އޮތް ހުރަހެއްކަމުގައިވާނަމަ، އެކަމުންވެސް ދަލީލުކޮށްދެނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ ޣައިރު ހާޒިރުގައި ކޮށްފައިވާތީ އެސަބަބަށްޓަކައި އެކަނިވެސް ބާޠިލުވެފައިވާ ޙުކުމެއް ކަމަށެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، އޮނަބަލް ޤާސިމް އިބްރާހީމްގެ މަޞްލަޙަތާ ގުޅިފައިވާ ގިނަ ޢަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުޢީ އެކި މަރުޙަލާގައި އެކި ކޯޓުތަކުގައި މިވަގުތުވެސް ހުރީ ކުރިއަށް ނުގޮސް މަޑުޖެހިފައި ކަމަށާއި އޭގެ ތެރޭގައި ކޯޓަށް ހުށަހެޅުނު ފަހުން 3 އަހަރު އަދި 4 އަހަރު އަދި 9 އަހަރު ފާއިތުވެފައިވާ މައްސަލަތައް ވެސް ހުރިކަން ފާހަގަކުރާކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ވަކީލުން ވިދާޅުވެފައިވަނީ އަވަސް ގޮތަކުން ކުރުމަގަކުން އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްސަލައެއް މިފަހުން ނިންމާފައިވަނީ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތްކޮށް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން ކަމަށެވެ.

"ޤާނޫނީ އުޞޫލުތަކާ ޚިލާފު ދުސްތޫރީ ހަމަތަކާ މުޅީން އިދިކޮޅުއެޙުކުމަކީ އަވަސް ގޮތަކަށް ކުރުމަގުން ދިވެހިރާއްޖޭގެ ކޯޓަކުން މިފަހުގެ ތާރީޚުގައި ނިންމާފައިވާ އިންސާފުވެރި ނޫންކަމަށް ދިވެހި ރައްޔިތުން ދެކޭ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލައެވެ. އަދި އެމައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ދުސްތޫރީ ހަމަތައް ވެސް މުގުރިގެންދާ ގޮތެއްގައިކަމަށް އަޅުގަނޑުމެން ދެކޭތީ،މައްސަލަ ނިމުނުތާ 10 ދުވަހުގެ ތެރޭގައި މައްސަލަވާނީ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައެވެ. އަދި ކްރިމިނަލް ކޯޓުގައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް މައްސަލައިގެ ޝަރީޢަތް ހިންގަމުންދިޔައިރު ޤާނޫނީ އިޖުރާއަތްތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތް ކުރިޔަށް ގެންދަވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ބެލެނިވެރިކަމުގެ މައްސަލާގައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ވެސް ކުރި ފަހުން އެތައް މަހެއް ފާއިތުވެ ގޮސްފައިވަނިކޮށް، މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ދާދި މިފަހަކުން ނިންމާފައިވެއެވެ."

ވަކީލުން ވިދާޅުވެފައިވަނީ ސޯޝަލްމީޑިއާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކަށް ފަރިތަ ދިވެހި ރައްޔިތުންނަށް މިކަންކަން އޮޅިފައި ނެތްނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަން ވަޑައިގަންނަވާއިރު ދެންނެވުނު މަޢުލޫމާތުތައް ކަމާބެހޭ ބޭފުޅުން އެމަނިކުފާނަށް އަރުވާފައި ނެތްކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ވަކީލުން މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި ދައުރުވާ ޚަބަރުތަކުގެ ތެރެއިން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ޚަބަރުތައް ހަމަ ވަގުތުން އެނގިވަޑައިގންންވާކަން އެމަނިކުފާނުގެ ބައެއް ތަޤްރީރްތަކުން ވަނީ ފާހަގަކުރެވިފައެވެ.




ވަކީލުންގެ ބަޔާން:

ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެޤާނޫނީ ވަކީލުންގެ ފަރާތުން ނެރޭ ނޫސް ބަޔާން

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި މިވަގުތު ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 19 ޖުލައި 2018 ވަނަ ދުވަހު ހދ.ހަނިމާދޫ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި، އޮނަރަބަލް ޤާސިމް އިބްރާހީމްއާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގައި ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި 25 އޮގަސްޓް 2017 ވަނަ ދުވަހު ޝާއިޢުކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައި ނުވިނަމަވެސް އެމައްސަލަ ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައެވެ. ނަމަވެސް އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ބޭއްވިފައި ނުވެއެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ ބައިވެރިވަޑައިގަތުމަކާ ނުލައި ހިންގެވި ޝަރީޢަތެއްގައި ކޮށްފައިވާ ޙުކުމަކާމެދު މަތީ މަރުޙަލާގެ ކޯޓަކުން ގޮތެއް ނިންމުމަށް އޮތް ހުރަހެއްކަމުގައިވާނަމަ، އެކަމުންވެސް ދަލީލުކޮށްދެނީ އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ ޣައިރު ހާޒިރުގައި ކޮށްފައިވާތީ އެސަބަބަށްޓަކައި އެކަނިވެސް ބާޠިލުވެފައިވާ ޙުކުމެއް ކަމެވެ.
އޮނަރަބަލް ޤާސިމް އިބްރާހީމަކީ ކޯޓުތަކުގައި ހިނގަންވާ އެންމެ ކުރު މަގުން އިންސާފާ ހަމައަށް ދާން ވަރަށް ފަރިތަ ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު،އޮނަބަލް ޤާސިމް އިބްރާހީމްގެ މަޞްލަޙަތާ ގުޅިފައިވާ ގިނަ ޢަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުޢީ އެކި މަރުޙަލާގައި އެކި ކޯޓުތަކުގައިމިވަގުތުވެސް ހުރީ ކުރިޔަށް ނުގޮސް މަޑުޖެހިފައެވެ. އޭގެ ތެރޭގައި ކޯޓަށް ހުށަހެޅުނު ފަހުން 3 އަހަރު އަދި 4 އަހަރު އަދި 9 އަހަރު ފާއިތުވެފައިވާ މައްސަލަތައް ވެސް ހުރިކަން ފާހަގަކުރަމެވެ.

އަވަސް ގޮތަކުން ކުރުމަގަކުން އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްސަލައެއް މިފަހުން ނިންމާފައިވަނީ، އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީޢަތްކޮށް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުންނެވެ. ޤާނޫނީ އުޞޫލުތަކާ ޚިލާފު ދުސްތޫރީ ހަމަތަކާ މުޅީން އިދިކޮޅުއެޙުކުމަކީ އަވަސް ގޮތަކަށް ކުރުމަގުން ދިވެހިރާއްޖޭގެ ކޯޓަކުން މިފަހުގެ ތާރީޚުގައި ނިންމާފައިވާ އިންސާފުވެރި ނޫންކަމަށް ދިވެހި ރައްޔިތުން ދެކޭ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލައެވެ. އަދި އެމައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ދުސްތޫރީ ހަމަތައް ވެސް މުގުރިގެންދާ ގޮތެއްގައިކަމަށް އަޅުގަނޑުމެން ދެކޭތީ،މައްސަލަ ނިމުނުތާ 10 ދުވަހުގެ ތެރޭގައި މައްސަލަވާނީ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައެވެ.

އަދި ކްރިމިނަލް ކޯޓުގައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް މައްސަލައިގެ ޝަރީޢަތް ހިންގަމުންދިޔައިރު ޤާނޫނީ އިޖުރާއަތްތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތް ކުރިޔަށް ގެންދަވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ބެލެނިވެރިކަމުގެ މައްސަލާގައި އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ވެސް ކުރި ފަހުން އެތައް މަހެއް ފާއިތުވެ ގޮސްފައިވަނިކޮށް، މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ދާދި މިފަހަކުން ނިންމާފައިވެއެވެ.

ސޯޝަލްމީޑިއާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކަށް ފަރިތަ ދިވެހި ރައްޔިތުންނަށް މިކަންކަން އޮޅިފައި ނެތްނަމަވެސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަން ވަޑައިގަންނަވާއިރު ދެންނެވުނު މަޢުލޫމާތުތައް ކަމާބެހޭ ބޭފުޅުން އެމަނިކުފާނަށް އަރުވާފައި ނެތްކަމީއަޅުގަނޑުމެން ހިތާމަކުރާ ކަމެކެވެ.

20 ޖުލައި 2018

މިއަދު އޮންލައިން