ރޭ ހިނގި މާރާމާރީއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ- ފުލުހުން

ކިޔުމަށް ހޭދަވާނީ 35ސ
ރޭ ހިނގި މާރާމާރީއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ- ފުލުހުން
ތޫނު އެއްޗަކުން ހަމަލާދީ ރޭ ހުޅުމާލޭގައި ޒުވާނަކު ޒަޚަމް ކޮށްލި މައްސަލައާއި ގުޅިގެން އަދި މިހަތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ މާރާމާރީއާއި ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.
އެމާރާމާރީއާއި ގުޅޭގޮތުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 21:27 ހާއިރުއެވެ.

އެނގިފައިވާ ގޮތުގައި އެޒުވާނާއަށް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ ފްލެޓެއްގެ ސިޑި މަތީގައެވެ. ޒުވާނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ހަމަލާދީފައިވާއިރު ޒަޚަމްވި ޒުވާނާގެ ހާލު ސީރިއަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން