ރީ ރަޖިސްޓަރީ ކުރުމުގައި އެހީތެރިވުމަށް ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރަސްމީކޮށް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރީ ރަޖިސްޓަރީ ކުރުމުގައި އެހީތެރިވުމަށް ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެންބަރުން ރަސްމީކޮށް ފަށައިފި
ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ތެރެއިން ރީ ރަޖިސްޓަރީ ކުރަން ޖެހޭ ރައްޔިތުންނަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޅިފައިވާ ޕާޓީ ތަކުގެ މަޖިލިސް މެންބަރުން ދޮރުން ދޮރަށް ހިނގެވުމުގެ ރަސްމީ ހަރަކާތް މިއަދު ފަށައިފި އެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ ގުޅިފައިވާ ޕާޓީ ތަކުގެ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ފައިސަލް ނަސީމު އެވެ.



ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި އޮތް މިރަސްމިއްޔާތުގައި ފައިސަލް ނަސީމު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރީރަޖިސްޓްރީ ކުރަންޖެހޭ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ތިބުމުން، ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތަކީ އެންމެ އިސްކަންދީގެން ކުރަންޖެހޭ މަސައްކަތް ކަމަށާޢި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ވޯޓަކީ ވެސް ވަރަށް މުހިއްމު ވޯޓަކަށް ވާނެ ކަމަށެވެ. އެހެންކަމުން ރީރަޖިސްޓްރީ ކުރުމަށް ރައްޔިތުން ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި އެމަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށްވެސް ފައިސަލް ވަނީ އެެދިވަޑައިގެންފަ އެވެެ.



ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓް ކަރުދާސްކޮޅުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އޮފިޝަލަކު ފާހަގަ ޖަހައިދޭ ގޮތަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވީ އެކަން ރައްޔިތުން އެދޭ ގޮތަށް ބަދަލުކޮށްދިނުމަށް ކޮމިޝަނަށް ގޮވާލާ ކަމަށެެވެ. އިންތިހާބުތަކަކީ ރައްޔިތުންގެ އެއްޗަކަށް ހަދައިދޭން ޖެހޭ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

މިމަސައްކަތުގައި ގުޅިފައިވާ ޕާޓީ ތަކުގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެން ދޮރުން ދޮރަށް ހިންގެވުމަށް ނިންމެވުމުން ފައިސަލް ވަނީ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.


މިއަދު އޮންލައިން