ހުދުމުހުތާރު އަނިޔާވެރި ވެރިކަން ބަލިކުރެވޭނެ: އަބްދުﷲ ޝާހިދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ހުދުމުހުތާރު އަނިޔާވެރި ވެރިކަން ބަލިކުރެވޭނެ: އަބްދުﷲ ޝާހިދު
ހުދުމުހުތާރު އަނިޔާވެރި ވެރިކަން ބަލިކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގަައި ވިދާޅުވީ ''ގުޅިފައިވާ ޕާޓީ ތަކުގެ މަޖިލިސް މެންބަރުން ވޯޓް ރީ ރަޖިސްޓަރީކުރުމަށް ދޮރުން ދޮރަށް ހިނގަންފެށީ,. އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަށް ވުމުން ކަމަށްވާތީ..ހުދުމުހުތާރު އަނިޔާވެރި ވެރިކަން ބަލިކުރެވޭނެ'' ކަމަށެވެ.



އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ މަޖިލިސް މެންބަރުން ކުރިއަށް ގެންދަވާ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން އެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ގުޅިފައިވާ ޕާޓީ ތަކުގެ ރަނިންމޭޓް އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ފައިސަލް ނަސީމު އެވެ.

މި ހަރަކާތުގައި ގުޅިފައިވާ ޕާޓީ ތަކުގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު އޮންލައިން