ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ލީޑަރަކީ ގާސިމް: އަބުދުﷲ އަބުދުއްރަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ލީޑަރަކީ ގާސިމް: އަބުދުﷲ އަބުދުއްރަހީމް
ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށް މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބުދުﷲ އަބުދުއްރަހީމް ވިދާޅުވެއްޖެ އެވެ.

އަބުދުﷲ އަބުދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ''ޝަރުއީ ދާއިރާއަށް އެންމެ ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްދެއްވި ސިޔާސީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް.... ކޯޓަށް ނުފޫޒު ފޯރުވާ، ސިޔާސީ ހުކުމްތައްނެރެ، ފަނޑިޔާރުން ބަދަލުކޮށް، ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށްގެން ހުރެ މިކިޔަނީ މަށެއް ނޫނޭ... އަޅެމީ ދޮގެއްތަ؟'' ކަމަށެވެ.

އަބުދުﷲ އަބުދުއްރަހީމް މިޓްވީޓްކުރައްވާފައިވަނީ ގާސިމް އިބްރާހިމާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ހަގީގަތެއްނެތް ދޮގު ވާހަކަތަކާއި ގުޅިގެންނެވެ.

ގާސިމް އިބްރާހީމަކީ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިއަދު އޮންލައިން