އެކްސިޑެންޓުގައި ނިޔާވި ޖަޒްލާން، އެންމެންނާއި ވެސް ގުޅޭ އެންމެންގެ ވެސް އެކުވެރިއެއް

ކިޔުމަށް ހޭދަވާނީ 1މ 12ސ
އެކްސިޑެންޓުގައި ނިޔާވި ޖަޒްލާން، އެންމެންނާއި ވެސް ގުޅޭ އެންމެންގެ ވެސް އެކުވެރިއެއް
ހުޅުމާލޭގައި ރޭ ސައިކަލެއް ކަހާލައިގެން ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ޅ. އޮޅޫވެލިފުށި ހުވަނދުމާގޭ މުޙައްމަދު ޖަޒްލާން (18އ.) އަކީ އެންމެންނާއި ވެސް ގުޅޭ ނުހަނު އޯގާތެރި، އަދި އެންމެންގެ ވެސް އެކުވެރިއެކެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ރޭ ގަޑިން 21:15 ހާއިރު، ހުޅުމާލޭ ފިތުރޯނު މަގުގައި ލަގްޒަރީ ފްލެޓުތަކެއް އިމާރާތްކުރާ ސައިޓަކުން ފެން ބޭރުކުރަން އެމަގުގައި ހުރަސްކޮށް އަޅާފައި އޮންނަ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެން ގޮހެވެ.

އެކްސިޑެންޓުވުމުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ޖަޒްލާނުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ފުުރަތަމަ ގެންދެވުނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ސީރިއަށްކަމުން ފަހުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ވަޒީފާ އަދާ ކުރަމުން އައި ޖަޒްލާން އަކީ ރީޖަަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު ކުއްޖެކެވެ.

ޖަޒްލާންގެ ބައެއް އެކުވެރިންނާއި ރަފީ ޖަމާއަތުންވެސް އޭނާ ފާހަގަ ކޮށްފައިވަނީ އެންމެންނާވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާ ވަރަށް އެހީތެރި ކުއްޖެއްގެ ގޮތުގައެވެ.

ޖަޒްލާން ނިޔާވީ އެކުވެރިންތަކަކާއެކު އުޅުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި، އެއެކްސިޑެންޓު ވެގެންނެވެ.
މިއަދު އޮންލައިން