މުޅި ދުނިޔެއަށް މަޝްހޫރު ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ފާސްޓްފުޑް ޗެއިންގެ އައުޓްލެޓެއް ރާއްޖޭގައި އަންނަ ހޯމަ ދުވަހު ހުޅުވަން ނިންމައިފިއެވެ. މިއީ ރާއްޖޭގައި ހުޅުވާ ކޭއެފްސީ ގެ ފުރަތަމަ އައުޓްލެޓެވެ.
ކޭއެފްސީ ގެ ރަސްމީ ފޭސްނުކް ޕޭޖުގައި މިކަން އިއުލާން ކުރަމުން ބުނެފައިވަނީ، ކޭއެފްސީ ރާއްޖެއަށް ލޯންޗު ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށާއި އެތަނަށް އެދުވަހު ޒިޔާރަތް ކުރާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ކޭއެފްސީ ގެ ޚާއްސަ ޓީޝާޓް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ހުޅުވޭ ކޭއެފްސީ ގެ ފުރަތަމަ އައުޓްލެޓް ހުންނާނީ، ޕިއްޒާހަޓް ވެސް ހުޅުވާފައި ހުންނަ، އަމީނީމަގުގެ މާލެ ސްކްއާރ ގައެވެ.