ސަރުކާރާމެދު ހިތްހަމަޖެހި ވަޑައި ނުގަންނަވާތީ، ދިވެހި ރާއްޖެއިން ސައުދީއަރަބިއާގައި ގާއިމްކޮށްފައި ހުންނަ އެމްބަސީގެ އިސްމަގާމެއްގައި ހުންނެވި ޝެއިޚް އިލްޔާސް ޖަމާލް، އެމަގާމުން އިސްތިއުފާ ދެއްވާ އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އިތުބާރުހުރި ފަރާތަކުން އެނގިފައިވާ ގޮތުގައި ޝެއިޚް އިލްޔާސް ޖަމާލު، އެމަގާމުން އިސްތިއުފާ ދެއްވާ އެނބުރި ރާއްޖެ އައިސްފައިވާތާ މިދިޔަ މަސް ތެރޭގައެވެ.
ޝެއިޚް އިލްޔާސް ޖަމާލު ހުންނެވީ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އެއްގެ މަގާމުގައެވެ.