މިކަން ބަޔާން ކުރައްވައި އަނާރާ ކުރެއްވި ޓްވީޓުގައި ވަނީ އެގޮތަށް އެދޭ "ފާތުން" އާއިއެކު ނަންގަވާފައިވާ ފޮޓޯއެއްވެސް ޓްވީޓް ކުރައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓު އެކޮމިޝަނުން ކަނޑައަޅާ އޮފިޝަލް ކަނޑައަޅާ މީހަކު ލައްވައި ލުމަށެވެ. މިކަމާއި ގުޅިގެން އިިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިހާރުގެ އިލެކްޝަންސް ކޮމިޝަނަަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި މިއީ ވޯޓުގެ ނަތީޖާ ރައީސް ޔާމީނަށް ބުރަވާގޮތަށް އެ ކޮމިޝަނުން ކުރަންއުޅޭ ކަމެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމާއި ގުޅިގެން މިއީ އިސްލާމް ދީނުގައި ކަންކުރަން އޮތް ގޮތް ނޫންކަމަށް ވިދާޅުވެ ބައެއް ދީނީ ޢިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
"ފާތުންއަކީ ލޮލަށް ނުފެންނަ ކުއްޖެއް. އޭނާ އެދެނީ އޭނާގެ ވޯޓް އިތުބާރުކުރެވޭ، ދަންނަ މީހަކު ލައްވާ ލާން. ޚާއްޞަ އެހީއަށް ބޭނުންވާ ވަރަށް ގިނަ ކުދިންގެ ޝުޢޫރު ހުރީ މިހެން."
With Fathun.
— Anara Naeem (@AnaraNaeem) July 21, 2018
Fathunnakee lolah nufenna kujjeh. Eynaa edhenee eynaa ge vote ithubaaru kurevey dhanna meehaku lavva laan. Khaassa ehee ah beynunvaa varah gina kudhinge shuooru huree mihen @ElectionsMv pic.twitter.com/NdUglMGAw5