ނުޙައްޤުން މީހުންގެ ލޭ އޮހޮރުވާލުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގައި ހިމެނޭ ކަމެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ނުޙައްޤުން މީހުންގެ ލޭ އޮހޮރުވާލުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގައި ހިމެނޭ ކަމެއް: ޝައިޚް ޢަލީ ޒައިދު
ނުޙައްޤުން މީހުންގެ ލޭ އޮހޮރުވާލުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެ ތަޅާ ފޮޅައި، ލޭ އޮހޮރުވައި ނުލުމަށް އައްޝައިޚް ޢަލީ ޒައިދު އިލްތިމާސްކުރައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެންެމެ ލޭ ތިއްކަކީވެސް ﷲ ގެ ޙަޟްރަތުގައި ނިކަން ބޮޑު އެއްޗެއް ކަމަށާއި ލޭ އޮހޮރުވަން ހެޔޮ ނުވާނެ ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައި މިވަނީ ރޭ ހުޅުމާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ އެތައް ތަނަކުން ޒަޚަމްކޮށްލާފައިވަނިކޮށެވެ. މި ހަމަލާ އާއި ގުޅިގެން އަދިި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުންގެ މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.

"ތަޅާ ފޮޅައި، ލޭ އޮހޮރުވައި ނުލާށެވެ! ހެޔޮ ނުވާނެއެވެ! ﷲ ގެ ޙަޟްރަތުގައި އެންެމެ ލޭ ތިއްކަކީވެސް ނިކަން ބޮޑު އެއްޗެކެވެ! ނުޙައްޤުން މީހުންގެ ލޭ އޮހޮރުވާލުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގައި ހިމެނޭ ކަމެކެވެ!"


މިއަދު އޮންލައިން